އޮޕަރޭޝަން އަލިމަގު: ހައްޔަރު ކުރި 4 މީހުންގެ ތެރެއިން 3 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ދަޕްރެސް

11 ޖެނުއަރީ 2026 | އާދިއްތަ | 11:56

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ "އޮޕަރޭޝަން އަލިމަގު"ގެ ދަށުން ހައްޔަރު ކުރި 4 މީޙުންގެ ތެރެއިން 3 މީހުން ޝަރީއަތް ނިމެން ދެން ބަންދު ކުރަން އަމުރު ކޮށްފިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހުއްޓުވާ ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ 'އޮޕަރޭޝަން އަލިމަގު'ގެ ދަށުން މިއަދު ވަނީ މާލެ އާއި ގއ. އަތޮޅުގައި ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާަފއެވެ. މި އޮޕަރޭޝަންގައި ހަތަރު މީހަކު ހައްޔަރުކޮށްފަިއވާ އިރު މިހާރު ފުލުހުން ވަނީ މި މީހުންގެ ވަނަވަރު އާންމުކޮށްފައެވެ.

އެގޮތުން ހައްޔަރުކޮށްފައި ވަނީ ޝެވޯނާ / ގއ.ވިލިނގިލި، ޝައްފާހް ލަތީފް (28އ) އާއި މިޔުޒިކީއާގެ / ގއ.ވިލިނގިލި، އަހްމަދު މަދީހު (33އ) އާއި އައިޒަން / ގއ.ވިލިނގިލި، އަހްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ. ވިލިނގިލި، ނޫރުއްނިޒާމް (35އ) އެވެ.

މައުޟޫޢުތަށް