އުމްރާގެ އަޅުކަމަށް ގޮސް އުޅުނިކޮށް ހާލު ދެރަވި މީހާ ރާއްޖެ ގެނެސްފި
ދަޕްރެސް
12 ޖެނުއަރީ 2026 | ހޯމަ | 9:59
އުމްރާގެ މަތިވެރި އަޅުކަމަށް ދިޔަ މީހުންގެ ތެރެއިން ހާލު ދެރަވެ އެޑްމިޓްކުރި ބަލި މީހާ ރާއްޖެ ގެެނެސްފިއެވެ.
އުމްރާއަށް ގޮސް އުޅެނިކޮށް، ސިއްހީ ހާލު ގޯސްވެގެން އުމްރާވެރިއަކު އެޑްމިޓްކޮށްފައިވާކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ.
އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން އިސްލާމިކް މިނިސްޓްރީން ބުނީ، އެ މީހާ މޯލްޑިވިއަންއިން ރާއްޖެއަށް ގެނެސްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގައި ކަމަށާއި އެ މީހާ ރާއްޖެ ގެނެސް ފަރުވާދެމުންދާ ކަމަށެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި އެ މީހާ ގެނައީ ވެންޓިލޭޓަރުގައެވެ.