މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
ދަޕްރެސް
12 ޖެނުއަރީ 2026 | ހޯމަ | 11:32
މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ފަރާތްތަކަށް 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް މަތީ ތައުލީމާއި ތަމްރީނާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން އާންމުކުރި 2024-2025 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 1،438 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާއިރު އޭގެ ތެރެއިން 1،211 ދަރިވަރުން ވަނީ ދަސްވެނިވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެން 541 ދަރިވަރުންނާއި 670 ފިރިހެން ދަރިވަރުންނެވެ.
2025 ވަނަ އަހަރު 548،162،080 ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު ޖުމްލަ 1.2 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މިވަގުތު ރާއްޖެއާއި ރާއްޖެއިން ބޭރު 36 ގައުމެއްގައި ދަރިވަރުން މަތީ ތައުލީމް ހާސިލް ކުރަމުންދެއެއެވެ.