ސެލޫންތަކުގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯދަން އަނެއްކާވެސް ހާއްސަ އޮޕަރޭޝަނެއް
ދަޕްރެސް
12 ޖެނުއަރީ 2026 | ހޯމަ | 11:31
ސެލޫންތަކުގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯދަން އަނެއްކާވެސް ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ހުޅުމާލޭގެ ތަންތަން ބަލާ ޗެކުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ސްޕާ އަދި ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ ހުޅުމާލޭގައި ހިންގަމުންދިއަ 5 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
ސެލޫންތަކުގެ އިތުރުން މަސާޖު ޕާލާތަކުގައި ހަށިވިއްކުވުމަށްޓަކައި ބޭރު ގައުމުތަކުން ޓޫރިސްޓް ވިސާގައި މީހުން ރާއްޖެއަށް އެތެރެކޮށް، އެ މީހުން ބޭނުންކޮށްގެން ހަށިވިއްކުމުގެ ކަންކަން ކުރިއަށްދާއިރު ދާދި ފަހުންވެސް ވަނީ އެފަދަ ހަތަރު ތަނެއް ބަލާ 4 ބިދޭސީއަކު ހައްޔަރުކޮށްފައެވެ.