ސަރުކާރުގެ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން ހޮނިހިރު ދުވަހު ވޯކްއިން އިންޓަވިއުއެއް ބާއްވަނީ

ދަޕްރެސް

12 ޖެނުއަރީ 2026 | ހޯމަ | 12:27

ސަރުކާރުން ތައާރަފްކުރާ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ވޯކްއިން އިންޓަވިއުއެއް ބާއްވަން ނިންމައިފިއެވެ.

ޓެކްސީ ލައިންގެ ހިދުމަތް ފަށަން ހަވާލުކޮށްފައިވާ އެމްޓީސީސީން ފުލް ޓައިމް ޑްރައިވަރުންނާއި ޕާޓް ޓައިމް ޑްރައިވަރުން ހޯދުމަށް އިއުލާންކުރީ މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

އޭރު ފުލް ޓައިމް ޑްރައިވަރުންގެ ގޮތުގައި 285 މީހުން ހޯދުމަށް އިއުލާންކުރިއިރު ޕާޓް ޓައިމްކޮށް ވަޒީފާ އަދާ ކުރަން ބޭނުންވާ ފަރާތްތަކަށް 122 ފުރުސަތެއް ހުޅުވާލިއެވެ. ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި އެ ފުރުސަތުގައި ޑްރައިވަރުންގެ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވަނީ ލައިސަންސް ކެޓަގަރީ 1 ނުވަތަ 2 ލިބިފައިވުމެވެ.

މައުޟޫޢުތަށް