ކައުންސިލްތަކުގެ ދިފާއުގައި އެމްޑީޕީ: "ރައީސް އެފަދައިން ވިދާޅުވީ އެ އިދާރާތަކުގެ އަގު ވައްޓާލަން"

ދަޕްރެސް

12 ޖެނުއަރީ 2026 | ހޯމަ | 3:04

ތަރައްގީއަށް ހުރަސް އަޅަނީ ކައުންސިލްތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ބުނާ ވާހަކަތައް އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

ރާއްޖޭގެ ތަރައްގީއަށް ސަރުކާރުން ހިންގުމަށް ކަނޑައަޅާ މަޝްރޫއުތައް ހުއްޓިފައިވާނީ ކައުންސިލްތަކުން ބިން ދޫނުކުރާތީ ކަމަށް ރައީސް ވިދާޅުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންސީ މައި ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އަދި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ވެސް ކައުންސިލުތަކުގެ ސަބަބުން މަޝްރޫއުތައް ހިންގުމަށާއި ތަރައްގީއަށް ދަތިވާ ކަމަށް އެމަނިކުފާނު އެރޭ ވިދާޅުވެފައި ވެއެވެ.

ރައީސްގެ އެ ވާހަކަފުޅުތައް ކުށްވެރިކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ 2010 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އޭރުގެ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ފާސްކުރި ވަރަށް މުހިއްމު ގާނޫނެއް ކަމަށާއި 2008 ވަނަ އަހަރު ފާސްކުރެވުނު ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ސިފައެއް ކަމުގައި ކަނޑައަޅާ ވަކި ބާބެއް ލާމަރުކަޒީ ނިޒާމަށް ހާއްސަ ކޮށްފައިވުމަކީ ވެރިކަން ހިންގުމުގައި މި އަސާސްގެ މުހިއްމުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

މައުޟޫޢުތަށް