ކައުންސިލް އިންތިހާބާ ދިމާކޮށް ކޮރަޕްޝަންގެ އަމަލެއް ހިންގާނަމަ ރިޕޯޓްކުރަން އޭސީސީން އެދިއްޖެ

ދަޕްރެސް

12 ޖެނުއަރީ 2026 | ހޯމަ | 3:39

2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅޭގޮތުން ހިންގާ ރިޝްވަތާއި ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެދެފިއެވެ.

މި ދުވަސްވަރަކީ ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުންނާއި ޕާޓީތަކުގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުން، އެފަރާތްތަކަށް ދާއިރާގެ ވޯޓުލާ މީހުންގެ ތާއީދު ހޯދުމުގެ މަސައްކަތް ފޯރިއާއެކު ކުރަމުންދާ ދުވަސްވަރެއްކަން ފާހަގަކޮށް އޭސީސީން ބުނީ، ތާއީދު ހޯދުމަށްޓަކައި އިންތިހާބުގައި ވާދަކުރާ ފަރާތްތަކާއި ވޯޓުލާ މީހުންގެ މެދުގައި ހިންގާ ރިޝްވަތުގެ އަމަލުތަކުން ދުރުހެލިވެތިބުމަށާއި، އާންމު އިންތިހާބުތަކުގައި ހިފަހައްޓަންޖެހޭ ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ހުރިހާ ފަރާތްތަކުންވެސް ހުރުމަތްތެރިކޮށް ހިތުމަށް ސަމާލުކަންދޭންޖެހޭ ކަމަށެވެ.

ރާއްޖޭގައި ބާއްވާ އާންމު އިންތިހާބުތަކުގައި، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގައި އާއި ވޯޓު ދިނުމުގެ ހައްގު އަދާކުރުމުގައި ރިޝްވަތުގެ މުއާމަލާތްތައް ހިނގާކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް