އިރާނާ ގުޅުވައިގެން ނަޝީދު ދެއްކެވި ވާހަކައަށް އެ ގައުމުން ރައްދު ދީފި
ދަޕްރެސް
12 ޖެނުއަރީ 2026 | ހޯމަ | 4:57
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިރާނާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކަކަށް، އީރާން އެމްބަސީން ރައްދު ދީފިއެވެ.
އީރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅުވައިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީރާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ އަޑުއުފުލަމުން ދަނީ އިންސާނީ ކަރާމާތް ހޯދުމަށާއި، ދިރިއުޅުމުގެ އަގުބޮޑުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކުން ސަލާމަތްވުމަށް ކަމަށެވެ. އިތުރަށް ނަޝީދު ވިދާޅުވީ އީރާނުގެ ރައްޔިތުން މަސައްކަތް ކުރަމުން ދަނީ އެތައް އަހަރެއް ވަންދެން ތަހައްމަލުކުރަން ޖެހިފައިވާ އަނިޔާވެރިކަމާއި ފިއްތުންތަކުން މިންޖުވުމަށް ކަމަށެވެ. އެވާހަކަ އޭނާ ވިދާޅުވަނީ އީރާނުގެ ސަރުކާރަށް އަމާޒު ކުރައްވައެވެ.
އިތުރަށް ވިދާޅުވީ، އެއީ އަހަރެމެންގެ މުސްލިމް އަހުންނާއި އުހުތުން ކަމަށާއި އީރާނުގެ ރައްޔިތުންނާ އެކު ބައިނަލްއަގުވާމީ މުޖުތަމައުން ތެދުވަން ޖެހޭ ކަމަށެވެ. އަދި އީރާނުގެ ސަރުކާރު ހިމާޔަތް ނުކުރުމަށް ވެސް ނަޝީދު ގޮވާލައްވައެވެ.