ރޯދަމަހަށް ހުޅުމާލެ ފޭސް ދޭއްގައި ތަރުކާރީއާއި މޭވާ ލިބޭނެ މާރުކޭޓެއް ހަދަނީ

ދަޕްރެސް

12 ޖެނުއަރީ 2026 | ހޯމަ | 9:09

ކުރިއަށް އޮތް ރޯދަ މަހު ތަރުކާރީއާއި މޭވާ ފަސޭހައިން ލިބޭނެގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ ލޯކަލް މާރުކޭޓެއް ތަރައްގީކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ފަށައިފިއެވެ.

އެޗްޑީސީން ބުނީ މި މާރުކޭޓު ތަރައްގީކުރަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތިގެ ދޭތެރޭގައިކަމަށެވެ. އެގޮތުން ޖުމްލަ 24 ގޮޅި ހުންނަ ގޮތަށް ތަރައްގީކުރާ މި މާރުކޭޓުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނިންމާލުމަށް އެޗްޑީސީން ވަނީ އަމާޒުހިފާފައެވެ. އަދި މާރުކޭޓުގެ މަސައްކަތް ނިމުމާއެކު ގޮޅި ލިބޭ ފަރާތްތައް ހޮވާނީ އާންމުކޮށް އިއުލާނުކޮށްގެންކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

މިއީ ރަމަޟާން މަހަށް ތައްޔާރުވުމަށް އެޗްޑީސީން ކުރަމުން އަންނަ ގިނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު މޭވާއާއި ތަރުކާރީގެ ބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތަރައްގީކުރެވޭ ވަގުތީ މާރުކޭޓެއްކަމަށް ވެސް އެޗްޑީސީން ހާމަކޮށްފައިވެއެވެ.

މައުޟޫޢުތަށް