ދިވެހީންގެ ތެރޭގައި މަގުބޫލުވަމުން އަންނަ އަޒަރުބައިޖާން، ރައްޓެހިންނާއެކު ދަތުރެއް ރާވާނަމަ މަރެއް!

ދަޕްރެސް

27 ފެބްރުއަރީ 2026 | ހުކުރު | 2:28

މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ، ވާދީތަކާ، އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެވެ.

މި ލިޔުމުގައި ވެސް ކިޔުންތެރިންނަށް ގެނެސްދޭން މިއުޅެނީ ދިވެހީންނަށް އެހާ ފަރިތަ ގައުމަކަށް ނުވެދާނެއެވެ. ނަމަވެސް މި ގައުމުގެ ހިތްގައިމު ކަމާއި ރީތިކަމަކީ އެއް ފަހަރު ނަމަވެސް ތަޖުރިބާ ކޮށްލަން ރަނގަޅު ފުރުސަތަކަށްވާނެއެވެ. އޮފީހުގެ ބުރަ ކަމުން ދުރުވެލާ ބޯ ހަމަ ޖައްސާލުމަށް ޗުއްޓީ ހޭދަކޮށްލަން ދާނަމަ މިއީ ހަމަ އެއްވަނައިގެ ގައުމެކެވެ.

އަޒަރުބައިޖާން އަކީ އިރުމަތީ ޔޫރަޕާއި ހުޅަނގު އޭޝިއާ ސަރަހައްދަށް ފެތުރިފައި އޮންނަ ގައުމެކެވެ. ކުރީގެ ސޯވިއެޓް ރިޕަބްލިކެއްގެ ގޮތުގައި އޮތް އަޒަރުބައިޖާންއަކީ ތެލާއި ގޭހުން މުއްސަނދިވެފައިވާ ގައުމެކެވެ. އެގައުމުގައި ވެރިކަން ކުރަނީ 'ބަކޫ' ގައެވެ.

މައުޟޫޢުތަށް