ކޯޗަކު ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަން ފަށައިފި

ދަޕްރެސް

12 ޖެނުއަރީ 2026 | ހޯމަ | 9:10

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކޯޗެއް ކުޅުންތެރިއަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގެ އެތްލީޓުން ތަމްރީން ކުރުމުގެ ޒިންމާ އޮތް މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށުގެ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

މައުޟޫޢުތަށް