އެމެރިކާއިން ޓެސްޓް ކޮށްލަން ބޭނުންވަނަ އާދޭ، ހަނގުރާމައަށް ރެޑީ: އީރާން

ދަޕްރެސް

13 ޖެނުއަރީ 2026 | އަންގާރަ | 8:48

އީރާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ފުޅާވެ ލޭއޮހޮރުވުމަކަށް މަގުފަހިވެގެން ގޮސްފައި ވަނީ، އެމެރިކާއިން އީރާނަށް ހަމަލާ ދިނުމަށް ބަޔަކު ފަހަތުގައި ތިބެގެން ކަމަށް އީރާނުން ބުނެފިއެވެ.

އެކަމުގައި އީރާނުން ފާޅުގައި ބުނެފައި ވަނީ، ހަމަނުޖެހުންތަކުގެ ފަހަތުގައި ތިބީ ޔަހޫދީ ދައުލަތް (އިޒްރޭލް) އާއި އެމެރިކާ ކަމަށެވެ.

އީރާނުގައި އާންމު ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނިކުތީ، އިގްތިސޯދީ ހީނަރުކަމާއި މުދަލާއި ތަކެތީގެ އަގުތައް އުފުލިގެން ދިޔުމުން އެކަމަކާ ދެކޮޅަށް އިހުތިޖާޖު ކުރުމަށެވެ. އާންމު ވިޔަފާރިވެރިންނާއި އެކިއެކި ފަރާތްތަކުން މަގުތަކަށް ނިކުމެ ކުރަން ފެށި އިހުތިޖާޖު މުޒާހަރާއަކަށް ބަދަލުވެ ދިގުލަމުން ދަނިކޮށް، ޓްރަމްޕް ވަނީ މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ލިބޭގޮތަށް ވަރުގަދަ މެސެޖެއް ދެއްވާފައެވެ.

މައުޟޫޢުތަށް