300 މިލިއަނަށްވުރެ ގިނަ ރުފިޔާ ފާއިތުވި 5 އަހަރުތެރޭ ދައުރުކުރި 4 މީހުންގެ ނެޓްވޯކެއް ހުއްޓުވައިފި

ދަޕްރެސް

13 ޖެނުއަރީ 2026 | އަންގާރަ | 9:06

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ "އޮޕަރޭޝަން އަލިމަގު"ގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި ފެށި ހާއްސަ އޮޕަރޭޝަންގައި ގއ. އަތޮޅުން ހައްޔަރު ކުރި މަސްތުވާތަކެތީގެ ބޮޑުންގެ ނެޓްވޯކެއްގައި 300 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ ދައުރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހުއްޓުވާ ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ އޮޕަރޭޝަން އަލިމަގުގެ ދަށުން މި މަހު 11 ވަނަ ދުވަހު 4 މީހަކު ހައްޔަރުކޮށްފައެވެ. އެގޮތުން ހައްޔަރުކޮށްފައި ވަނީ ޝެވޯނާ / ގއ.ވިލިނގިލި، ޝައްފާހް ލަތީފް (28އ) އާއި މިޔުޒިކީއާގެ / ގއ.ވިލިނގިލި، އަހްމަދު މަދީހު (33އ) އާއި އައިޒަން / ގއ.ވިލިނގިލި، އަހްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ. ވިލިނގިލި، ނޫރުއްނިޒާމް (35އ) އެވެ.

ފުލުހުން ބުނީ، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާހް އާއި މަދީޙާއި އަނާމް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި ނޫރުއްނިޒާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

މައުޟޫޢުތަށް