މާލޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކެއްގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 6 ބިދޭސީއަކު އަތުލައިގެންފި

ދަޕްރެސް

13 ޖެނުއަރީ 2026 | އަންގާރަ | 10:23

މާލޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އަނެއްކާވެސް އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، އިއްޔެ މާލޭގެ 4 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

އަދި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނޮގޮސްފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދިނެވެ.

މައުޟޫޢުތަށް