އީރާނާއެކު ވިޔަފާރި ކުރާ ގައުމުތަކުގެ މުދަލުން 25 ޕަސެންޓް ޑިއުޓީ ނަގަން ޓްރަމްޕް ނިންމަވައިފި

ދަޕްރެސް

13 ޖެނުއަރީ 2026 | އަންގާރަ | 10:48

އީރާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އީރާނަށް އަޅަން ނިންމާ ފިޔަވަޅުތަކުގެ ތެރޭގައި އީރާނާއެކު ވިޔަފާރި ކުރާ ގައުމުތަކުގެ މުދަލުން 25 ޕަސެންޓް ޑިއުޓީ ނަގާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ.

ޓްރަމްޕް ވިދާޅުވީ, ދުރުރާސްތާ ބެލެސްޓިކް މިސައިލުން އީރާނަށް ހަމަލާ ދިނުމަކީވެސް އޮތް ގޮތެއް ކަމަށާއި, މުދަލުގެ ޑިއުޓީގެ އިތުރުން ސައިބާ އެޓޭކެއް ދިނުމާއި, ނަފްސާނީ ގޮތުން ކުޅުން ހިމެނޭ ކަމަށެވެ.

އީރާނުގެ ހަމަނުޖެހުންތަކުގައި މިހާތަނަށް 600 މީހަކު މަރުވެފައި ވާކަމަށް ރިޕޯޓުތަކުން ބުނާއިރު, އީރާނުން ބުނެފައި ވަނީ, އެމެރިކާއިން 'ހަނގުރާމަ' ބޭނުން ނަމަ އެކަމަށް ތައްޔާރު ކަމަށެވެ. ހަމަ އެއާއެކު ވޮޝިންޓަނާއެކު ވާހަކަ ދައްކަން ތައްޔާރު ކަމަށް ވެސް އީރާނުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް