މަޖިލިސް ހުޅުވާތީ ފެބްރުއަރީ 5ވާ ބުރާސްފަތި ދުވަސް ބަންދު
ދަޕްރެސް
13 ޖެނުއަރީ 2026 | އަންގާރަ | 2:12
ފެބްރުއަރީ 5 ވަނަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، 2026 ފެބުރުވަރީ 5 ވާ ބުރާސްފަތި ދުވަސްކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވައިފައިވުމާއެކު، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގަ އެވެ.