އީރާނުގެ ދާހިލީ ކަންކަމުގައި ބޭރުގެ ނުފޫޒު އޮތުން ދެކޮޅު، ނަމަވެސް ޒުވާނުންގެ އަޑުއުފުލުމަށް ތާއީދު: ނަޝީދު

ދަޕްރެސް

13 ޖެނުއަރީ 2026 | އަންގާރަ | 2:38

އީރާނުގެ ދާހިލީ ކަންކަމަށް ބޭރުގެ ނުފޫޒު އޮތުމާ ދެކޮޅު ހައްދަވާކަމަށާއި ނަމަވެސް ޒުވާނުންގެ އަޑުއުފުލުމަށް ތާއީދުކުރައްވާ ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އީރާނުގެ ދާހިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން އަތްބޭނުމާ ދެކޮޅު ކަމަށާއި، ނަމަވެސް އަމިއްލަ ހައްގުތަކަށްޓަކައި މަގުމައްޗަށް ނުކުމެ އަޑުއުފުލަމުންދާ ޒުވާނުންނަށް ތާއީދުކޮށް ހިތްވަރުދޭންޖެހޭ ކަމަށެވެ.

އިގުތިސޯދީ ހީނަރުކަމާއި ތަކެތީގެ އަގުބޮޑުވުމުގެ މައްސަލައިގައި އީރާނުގައި މިހާރު މުޒާހަރާ ކުރަމުންދާއިރު، މި މުޒާހަރާތައް ހޫނުވެ އެތަންމިތާނގައި މުޒާހަރާގެ ބައިވެރިން ދަނީ އަލިފާންވެސް ރޯކުރަމުންނެވެ.

މައުޟޫޢުތަށް