ނައީމްގެ ހަނދާންތައް ރާއްޖޭގެ ވައިގެދަތުރުފަތުރުގެ ތާރީހުގައި ދެމިހުންނާނެ: ރައީސް
ދަޕްރެސް
13 ޖެނުއަރީ 2026 | އަންގާރަ | 4:34
އަލްމަރުހޫމް މުހައްމަދު ނައީމް ހުސެއިންގެ އަގުހުރި ހިދުމަތުގެ ހަނދާންތައް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި އަބަދުވެސް ފަނޑުވުމެއްނެތި ދެމިހުންނާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާގެ މަގާމު ފުރުއްވި މުހައްމަދު ނައީމް ހުސެއިން އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ބައި ގަރުނުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފަތުރުވެރިންނަށް ހުޅުވާލުމަށްފަހު ބައިނަލްއަގުވާމީ ދަތުރުތައް އިތުރުކުރުމަށް ގައުމީ ވައިގެ ބަނދަރުގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ ހިދުމަތް ދޭން ފެށުން ގުޅިފައިވަނީ ނައީމްގެ ހަނދާނާކަމަށެވެ. އެހެންކަމުން ނައީމްގެ އަގުހުރި ހިދުމަތުގެ ހަނދާންތައް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި އަބަދުވެސް ފަނޑުވުމެއްނެތި ދެމިހުންނާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.