ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ހުރިހާ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭން ފަށައިފި

ދަޕްރެސް

13 ޖެނުއަރީ 2026 | އަންގާރަ | 10:00

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ހިންގާ ހުރިހާ ރިސޯޓުތަކުގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭން ފަށައިފިއެވެ.

"ދަ ޕްރެސް"އަށް އެނގިފައިވާ ގޮތުގައި ދެ މަސް ކުރިން އެ ކުންފުނީގެ ބައެއް ރިސޯޓުތަކުގައި ޑޮލަރުން މުސާރަ ދޭން ވަނީ ފަށާފައި ވީ ނަމަވެސް ހުރިހާ ރިސޯޓެއްގައި ޑޮލަރުން މުސާރަ ދޭން ކުންފުނީގެ ބޯޑުން ނިންމާފައި ވަނީ މިހިނގާ ޖެނުއަރީން ފެށިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 11 ރިސޯޓެއް ހިންގަމުން އަންނައިރު، މީގެ ކުރިން އެ ކުންފުނީގެ މުވައްޒަފުންނަށް އަސާސީ މުސާރަ ދެމުން އައީ ދިވެހި ރުފިޔާއިންނެވެ. ނަމަވެސް، އޭރުވެސް ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ލިބޭ ފައިސާ ދެމުން އައީ ޑޮލަރުންނެވެ.

މައުޟޫޢުތަށް