ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އަތުލި ރާއިދު ބުނީ ނަފްސާނީ މައްސަލަ ހުންނަކަމަށް
ދަޕްރެސް
14 ޖެނުއަރީ 2026 | ބުދަ | 10:57
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި މީހަކު ކޯޓަށް ހާޒިރުކުރުމުން ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާކަމަށް ބުނެފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފައި ވަނީ ގދ. މަޑަވެލި / ވަލުތެރޭގެ، މުހައްމަދު އީވާން ހާމިދު (23އ) އަދި ހ. ސަކީނާމަންޒިލް / މާލެ، މުހައްމަދު ރާއިދު އަލީ އަސްޣަރު (31އ) އެވެ.
އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.