ގޭސް ގަތުމަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ ތަހުގީގުކޮށްދޭން އެސްއޯއީ ކޮމެޓީގައި އެދިއްޖެ

ދަޕްރެސް

14 ޖެނުއަރީ 2026 | ބުދަ | 11:57

މޯލްޑިވް ގޭހަށް، ގޭސް ގެންނަން ދުބާއީގެ ކުންފުންޏަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) "ގެއްލުނު" މައްސަލަ ތަހުގީގުކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ބަލައިދިނުމަށް އެދި ކޮމިޓީއަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޝާކިރުއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސް ކުރައްވައި އިއްޔެ އޭނާ ފޮނުއްވި ސިޓީގައި ވިދާޅުވީ، އޮކްޓޯބަރު 2024 ގައި މޯލްޑިވް ގޭހުން އޯޑަރު ކުރި 800،000 ޑޮލަރުގެ ގޭސް ޝިޕްމެންޓުގެ އެޑްވާންސަށް ދެއްކި 246،645 ޑޮލަރުގެ މައްސަލައަކީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތެއް ކަމަށާއި އެކަމާ ގުޅޭ މައުލޫމާތު ހޯދައި އެ މައްސަލަ މަޖިލީހުގެ އެސްއޯއީ ކޮމެޓީ މެދުވެރިކޮށް ތަހުގީގުކޮށްދިނުމަށް އޭނާ ވަނީ އެދިފައެވެ.

މައުޟޫޢުތަށް