ކެނަބިސް ގަސް ހައްދާ، މަސްތުވާތަކެތި ގެންގުޅުނު މީހަކު 100 އަހަރަށް ޖަލަށްލައިފި

ދަޕްރެސް

14 ޖެނުއަރީ 2026 | ބުދަ | 12:18

މާލޭގައި ކެނަބިސް ގަސް ހައްދާ އަދި މަސްތުވާތަކެތި ގެންގުޅުނު މީހަކު 100 އަހަރަށް ޖަލަށްލައިފިއެވެ.

މާލޭގެ ގެއެއްގެ ދޮރު ކައިރީގައި ކެނަބިސް ގަހެއް ހުއްޓާ 2023 ވަނަ އަހަރުގެ މެއި މަހު ފުލުހުންނަށް ފެނުމުން ކުރި ތަހުގީގަކުން ވަނީ ގެއެއްގެ ބެލްކަންޏާއި ކޮޓަރީގައި ވެސް ގަސްތަކެއް ހުއްޓާ ފެނިފައެވެ.

ފުލުހުންގެ ތަހުގީގުން ވަނީ މިއީ ނ. ކެނދިކުޅުދޫ ނިޝާން، އަހުމަދު ޔާސިހު ނަމަކަށް ކިޔުނު މީހަކު ދިރިއުޅެމުން ދާތަނެއްކަމަށް ފާހަގަވެފައެވެ. ކޯޓުގައި ހެކިބަސް ދެމުން ފުލުހުންގެ ފަރާތުން ބުނެފައިވަނީ ސީންގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް ޔާސިހު ވަނީ އެތަނަށް ގޮސް އެއީ އޭނާގެ ގަހެއް ކަމަށާއި އަދި އޭނާ ދިރިއުޅޭ އުޅޭ ގޭގެ ބެލްކަންޏާއި ކޮޓަރީގައި ވެސް ގަސްތަކެއް ހުންނާނެ ކަމަށް ބުނެފައެވެ.

މައުޟޫޢުތަށް