ރާއްޖެއަށް ކުރި 60 ވަނަ ދަތުރު ނިމުނީ ދެމަފިރިންގެ މަރާއެކު!
ދަޕްރެސް
14 ޖެނުއަރީ 2026 | ބުދަ | 1:02
ރާއްޖެއަށް 60 ފަހަރު ޒިޔާރަތްކުރި އިނގިރޭސިވިލާތުގެ ދެމަފިރިއަކު ފީނުމުގެ ތެރޭގައި މަރުވެއްޖެއެވެ.
އިނިގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ 'ޑެއިލީ މެއިލް'ގައި ރިޕޯޓުކޮށްފައިވާ ގޮތުން އުމުރުން 70 އަހަރުގެ އެލެއިން ރިޗްމަންޑް މަރުވީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެއްލައިދޫ ބައި ސިނަމަން ރިސޯޓު ކައިރީގައި ފީނަން އުޅުމުގެ ތެރޭގައެވެ. އަދި އޭގެ ތިން ދުވަސް ފަހުން އޭނާގެ ފިރިމީހާ މެލްކޮމް ވެސް މަރުވެފައިވާ ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.
އެ ނޫހުން ބުނެފައިވާ ގޮތުގައި މިދިޔަ 17 އަހަރު މެދުނުކެނޑި ކްރިސްމަސްގެ ޗުއްޓީ އެ މީހުން ހޭދަކުރީ ރާއްޖޭގަ އެވެ.