ކަރަންޓު އެންމެ ބޭނުންކުރާ ދުވަސްވަރަށް ވިލިމާލެއަށް 1200 ކިލޯވޮޓްގެ ޖަނަރޭޓަރެއް

ދަޕްރެސް

14 ޖެނުއަރީ 2026 | ބުދަ | 1:35

ވިލިމާލެއަށް އަލަށް ގެންދިޔަ ޖަނަރޭޓަރު ސެޓު ބޭނުން ކުރަން ފަށައިފިއެވެ.

ސްޓެލްކޯއިން ބުނީ މިއީ ކުރިއަށް އޮތް ޕީކް ސީޒަން (ރޯދަ އާއި ހޫނު މޫސުމަށް) ތައްޔާރުވުމުގެ ގޮތުން ގެންދެވުނު ޖެނެރޭޓަރު ސެޓެއް ކަމަށެވެ.

1200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް މިހާރު ބޭނުން ކުރަމުންދާކަން ފާހަގަކޮށް ސްޓެލްކޯއިން އިތުރަށް ބުނީ، މި ޖެން ސެޓާއެކު ވިލިމާލޭގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރުކުރެވި، އެ ރަށުގައި ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ޔަގީންކަން އިތުރަށް ކަށަވަރުކުރެވިގެންދާނެ ކަމަށެވެ.

މައުޟޫޢުތަށް