ރަސްމާލެ ހިއްކުމުގެ މަޝްރޫއު: 45 ދުވަސްތެރޭ 71 ހެކްޓަރު ހިއްކައި ނިމިއްޖެ

ދަޕްރެސް

14 ޖެނުއަރީ 2026 | ބުދަ | 6:09

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސްގެން ހިއްކަން ފެށި ރަސްމާލެ މަޝްރޫއުގެ ދަށުން ސައިޓް އޭ އިން ހިއްކަން ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 71 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެއެވެ.

ރަަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާ އިރު، އެމްއޭސީއެލް އަށް ރަސްމާލެ ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ މި މަހުގެ އެއްވަން ދުވަހުގައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން ސައިޓް އޭ އިން ހިއްކަން ހަމަޖެހިފައިވަނީ 137.5 ހެކްޓަރު ކަމަށާއި އޭގެ ތެރެއިން 71 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. އެއީ ސައިޓް އޭގެ ހިއްކަން އޮތް ސަރަހައްދުގެ 51.64 ޕަސެންޓް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

މައުޟޫޢުތަށް