ބަންގްލަދޭޝްގެ އޮން އެރައިވަލް ވިސާ މެދުކަނޑައިނުލުމަށް ނިންމައިފި
ދަޕްރެސް
14 ޖެނުއަރީ 2026 | ބުދަ | 6:10
ބަންގްލަދޭޝްއިން ދޫކުރާ އޮން އެރައިވަލް ވިސާ ދޫކުރުން މެދުކަނޑައިލުމަށް ނިންމި ނިންމުން އެ ގައުމުގެ ސަރުކާރުން އަނބުރާ ގެންގޮސްފި އެވެ.
ރޭގެ ވަގުތެއްގައި ފޮރިން މިނިސްޓްރީން ވަނީ ބަންގްލަދޭޝް އިން ދޫކުރާ އޮން އެރައިވަލް ވިސާ ދޫކުރުން މަސް ދުވަހުގެ މުއްދަތަށް މެދުކަނޑައިލުމަށް ނިންމާފައިވާތީ އެކަމަށް ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ބަންގްލަދޭޝްގެ އޮން އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލުމަށް ނިންމީ އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެންނެވެ. އޮން އެރައިވަލް ވިސާ ދޫކުރުން މެދުކަނޑައިލުމަށް ކުރިން ނިންމާފައިވަނީ 15 ޖެނުއަރީ 2026 އިން ފެށިގެން 15 ފެބްރުއަރީ 2026 ގެ ނިޔަލަށެވެ.