ޒަކާތު ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
ދަޕްރެސް
14 ޖެނުއަރީ 2026 | ބުދަ | 7:02
ޒަކާތުގެ ގާނޫނަށް މި އަހަރުން ފެށިގެން އަމަލުކުރަން ފެށުމާއެކު އެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޒަކާތު ކައުންސިލްގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.
މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޒަކާތު ކައުންސިލްގެ ރައީސް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ޒަކާތާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "މޯލްޑިވްސް ޒަކާތު ހައުސް" ގެ މަސައްކަތްތައް ހަރުދަނާކަމާއެކު އަމަލީ ގޮތުން ފެށުމާ ގުޅޭގޮތުންނެވެ. އަދި ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުއީ އަދި ގާނޫނީ އޮނިގަނޑުގެ ތެރެއިން ޒަކާތުގެ ނިޒާމު ފުރިހަމައަށް ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މި ބައްދަލުވުމުގައި ވަނީ އަލިއަޅުވާލާފަ އެވެ.