މި މަހު އެކަނި މާލޭ ސަރަހައްދުގައި 67 އެކްސިޑެންޓު ހިނގައިފި
ދަޕްރެސް
15 ޖެނުއަރީ 2026 | ބުރާސްފަތި | 9:57
މި މަހު އެކަނި މާލޭގައި 67 އެކްސިޑެންޓު ހިނގައިފިއެވެ.
ފުލުހުން ނެރުނު ތަފާސްހިސާބުން ހާމަވާ ގޮތުގައި ޖެނުއަރީ 4 އިން 10ގެ ނިޔަލަށް މާލެ، ބްރިޖު އަދި ހައިވޭގައި ޖުމުލަ 67 އެކްސިޑެންޓު ވަނީ ހިނގާފައެވެ. ފުލުހުން ބުނީ މާލޭގައި އެކަނި މި މުއްދަތުގައި 56 އެކްސިޑެންޓު ހިނގާފައިވާކަމަށެވެ.
އިތުރަށް ފުލުހުން ބުނީ އެންމެ ގިނަ އަދަދެއްގެ އެކްސިޑެންޓު ރިޕޯޓުކޮށްފައިވަނީ 6 ޖެނުއަރީގައި ކަމަށާއި، އެއީ 13 އެކްސިޑެންޓު ކަމަށެވެ. އަދި 7 ޖެނުއަރީގައި 12 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.