ފްލެޓާއި ގޯއްޗަށް ހުޅުވާލާ ތާރީހު އަންނަ އާދިއްތަ ދުވަހަށް ފަސްކޮށްފި

ދަޕްރެސް

15 ޖެނުއަރީ 2026 | ބުރާސްފަތި | 11:12

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއަށް ކުރިމަތިލުމަށް ފޯމް ހުށަހަޅާ ތާރީހު ފަސްކޮށްފިއެވެ.

ހައުސިންގް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލުން އަންނަ އާދިއްތަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.

މިފަދައިން ފަސްކުރީ ގިނަ އަދަދެއްގެ ބަޔަކު އެޕްލައި ކުރާނެ ކަމަށް ލަފާކުރެވޭތީ އާއި ހަފުތާ ބަންދާ ދިމާކޮށް ހުޅުވާލުމުން އާންމުންނަށް ދޭން ބޭނުންވާ މައުލޫމާތު ދިނުމުގައި ދަތިތަކެއް ދިމާވެދާނެތީ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމުން 18 ޖެނުއަރީ 2026 ވާ އާދިއްތަ ދުވަހު ހެނދުނު 9:00 ގައި ޕޯޓަލް އާންމުކޮށް ހުޅުވަން ނިންމާފައިވާކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.

މައުޟޫޢުތަށް