ކިނޮޅަހު ބޭރުން ފެނުނީ އުކުޅަހުން ގެއްލުނު ރަޝިއާ ޓޫރިސްޓުގެ ހަށިގަނޑެއް ނޫން: ފުލުހުން
ދަޕްރެސް
15 ޖެނުއަރީ 2026 | ބުރާސްފަތި | 12:54
ރ.ކިނޮޅަހު ބޭރުން އޮޔާދަނިކޮށް ފެނުނު ހަށިގަނޑަކީ ގެއްލުނު ރަޝިއާގެ ޓޫރިސްޓުގެ ހަށިގަނޑު ނޫން ކަމަށް ފުލުހުން ބުނެފިއެވެ.
މި މަހު 4 ވަނަ ދުވަހު ކިނޮޅަހު ބޭރުން އޮޔާދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައެވެ. އެހެންވުމުގެ ސަބަބުން ޖިންސު ވެސް ދެނެނުގަނެވޭކަމަށް އޭރު ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ނަމަވެސް ތަހުގީގުގެ މިހާތަނަށް އެއީ ފިރިހެނެއްގެ ހަށިގަނޑު ކަން ޑީއެންއޭ ތަހުލީލުތަކުން ޔަގީންކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.