އާސަންދައިގެ ދަށުން އައިނު ހެއްދޭނެ އިތުރު 18 މަރުކަޒެއް ކަނޑައަޅައިފި
ދަޕްރެސް
15 ޖެނުއަރީ 2026 | ބުރާސްފަތި | 12:55
އާސަންދަ ސްކީމްގެ ދަށުން އައިނު ހެއްދޭނެ އިތުރު މަރުކަޒުތަކެއް ކަނޑައަޅައިފިއެވެ.
ހިލޭ އައިނުގެ ހިދުމަތް ފޯރުކޮށްދިނުމަށް އައިޖީއެމްއެޗްގައި ސަރުކާރުން އައިނު ފިހާރަހުޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27ވަނަ ދުވަހުއެވެ.
މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް އައިނު ފިހާރައެއް ގާއިމްކޮށް، ހިދުމަތް ދެމުންދާއިރު ސަރުކާރުގެ އަމާޒަކީ އާސަންދައިގެ ދަށުން ގިނަ ބަޔަކަށް ފަސޭހަ ކަމާއެކު އައިނު ހެދުމުގެ މަގު ފަހިކޮށްދިނުމެވެ. އެހެންކަމުން ކްލިނިކްތަކާއި އައިނު ހައްދާ ފިހާރަކުން އާސަންދަ ލިބޭގޮތް ހަމަޖެއްސުމަށް ނިންމާފައިވާކަން ސަރުކާރުން އިއުލާން ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.