66 ބައިވެރިންނާއެކު ނޭޝަނަލް ސާވިސް ޕްރޮގްރާމުގެ ދެވަނަ ބެޗު ބ. ކިހާދޫއަށް ފުރައިފި

ދަޕްރެސް

15 ޖެނުއަރީ 2026 | ބުރާސްފަތި | 1:28

ނޭޝަނަލް ސާވިސް ޕްރޮގްރާމް (ދިވެހި ވަތަނީ ހިދުމަތުގެ) ތަމްރީނަށް ހޮވުނު ދެވަނަ ބެޗު މިއަދު ފުރައިފިއެވެ.

އެކަން އިއުލާންކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ދިވެހި ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނު ފުރިހަމަ ކުރި ޒުވާނުންގެ ތެރެއިން، ދިވެހި ވަތަނީ ގިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން ބ. ކިހާދޫގައި ގާއިމު ކޮށްފައިވާ އެމްއެންޑީއެފްގެ ތަމްރީނު މަރުކަޒަށް މިއަދު ފުރާފައިވާ ކަމަށެވެ.

އަދި ހަމަ އެހެންމެ ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ، 16 އަހަރާއި 19 އަހަރާއި ދެމެދުގެ 66 ޒުވާނުން ބައިވެރިވާ މި ތަމްރީނުގައި ތަފާތު ފަންނީ ދާއިރާތަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތުލިބިގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މައުޟޫޢުތަށް