މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް ދިމާވާ ދަތިތައް ރައީސްއާ ހިއްސާކޮށްފި
ދަޕްރެސް
15 ޖެނުއަރީ 2026 | ބުރާސްފަތި | 6:38
މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެބޭފުޅުންނަށް ވަނީ، މާލޭ ވިޔަފާރި ބަނދަރުން މުދާ ހުސްކޮށް ބޭރުކުރުމުގައި ދިމާވާ ހުރިހާ ދަތިތައް ހުށަހެޅުއްވުމުގެ ފުރުސަތުދެއްވާފައެވެ.
އޭގެ ތެރޭގައި މުދާ އުފުލާ ގަޑިއާއި، ވަސީލަތްތަކާއި އިދާރީ ނިޒާމް ހަރުދަނާކުރުމާއި ގުޅޭގޮތުން އެބޭފުޅުން ގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.