އުރީދޫ ޑިޖިޓަލް ލިޓްރަސީ ޕްރޮގަރާމްތައް އިސްރަށްވެހީގެ ނާދީގެ ބައިވެރިންނަށް ކުރިއަށް ގެންގޮސްފި

ދަޕްރެސް

15 ޖެނުއަރީ 2026 | ބުރާސްފަތި | 5:06

މިއަހަރުގެ ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމުތައް ފެށުމުގެ ގޮތުން އިސްރަށްވެހިންގެ ނާދީއާއެކު މާލެ އަދި ހުޅުމާލޭގައި އުރީދޫ އިން ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އުރީދޫ އިން ބުނީ، އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމަކީ މިއަދުގެ ޑިޖިޓަލް ދުނިޔެ އިތުރަށް ރަނގަޅަށް އޮޅުންފިލުވައިދިނުމަށް ބައިވެރިންނަށް އެހީތެރިވެދޭ ޕްރޮގްރާމެއް ކަމަށެވެ. މި ސެޝަންތަކުގެ ތެރޭގައި ސްމާޓްފޯން ބޭނުން ކުރުމާއި، ޑިޖިޓަލް ހިދުމަތްތަކާއި، އާންމު ދިރިއުޅުމަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ ޕްރެކްޓިކަލް އޮންލައިން ޓޫލްސް ހިމެނޭނެ ކަަމަށް އުރީދޫން ބުނެއެވެ.

މި އިނީޝިއޭޓިވްގެ ސަބަބުން އުރީދޫ އިން އިންކްލޫސިވް ޑިޖިޓަލް ކުރިއެރުމަށް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދީ، ޓެކްނޮލޮޖީ ކުރިއަރަމުން ދާއިރު މުޖުތަމައުގެ އެއްވެސް ބަޔަކު، އަދި ހާއްސަކޮށް އިސްރަށްވެހިން ބާކީ ވިޔަ ނުދިނުމަށް އުރީދޫން އިސްކަން ދެއެވެ. އުމުރުން ދުވަސްވީ މީހުންގެ ބޭނުންތަކާއި ސްޕީޑަށް ސެޝަންތައް ބަދަލުކޮށް، މި ޕްރޮގްރާމްގެ ސަބަބުން އުނގެނުމުގެ މާހައުލު ވަރަށް ފުރިހަމައަށް ފަހިކޮށްދެނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މައުޟޫޢުތަށް