އެންސީއައިޓީ އުވާލައި، މޯލްޑިވްސް 2.0ގެ ކަންކަން ތަންފީޒުކުރުމަށް އާ އިދާރާއެއް
ދަޕްރެސް
16 ޖެނުއަރީ 2026 | ހުކުރު | 6:32
"ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ" އުވާލައި، މޯލްޑިވްސް 2.0ގެ ކަންކަން ތަންފީޒުކުރުމަށް "މޯލްޑިވްސް ޑިޖިޓަލް ސާވިސް"ގެ ނަމުގައި އާ އިދާރާއެއް މިއަދު އުފައްދައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ އިދާރާއަކީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.
"މޯލްޑިވްސް ޑިޖިޓަލް ސާވިސް"ގެ ނަމުގައި އިދާރާއެއް އުފައްދަވައި، "ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ" އުވައިލައްވާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންް ކަމަށްނެވެ.