ހުޅުމާލެ ފަޅުތެރޭގައި ފައިބަރު މަސައްކަތް ނުކުރުމަށް އެޗްޑީސީން އަންގައިފި

ދަޕްރެސް

16 ޖެނުއަރީ 2026 | ހުކުރު | 9:39

ހުޅުމާލެ ފަޅުތެރޭގައި ފައިބަރު މަސައްކަތް ކުރުން މަނާކޮށް ދީފައިވާ މުއްދަތުގައި އެ މަސައްކަތް ކުރުން ނުހުއްޓައިފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ، ހުޅުމާލެ ފަޅުތެރޭގައި އޮޑިދޯނިފަހަރުގައި ފައިބަރު މަސައްކަތް ކުރަމުންދާ ކަން ފާހަގަވެފައިވާ ކަމަށެވެ. މިއީ ތިމާވެއްޓަށާއި ފަޅުތެރެ ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމަކަށް ވާތީ، ހުޅުމާލޭ ފަޅުތެރޭގައި ފައިބަރުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާ ކަމެއް ކަމަށް އެޗްޑީސީން ބުނެއެވެ.

ވީމާ ހުޅުމާލޭ ފަޅުތެރޭގައި މިފަދަ މަސައްކަތްތައް ކުރަމުންދާ ނަމަ އެ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެ މަސައްކަތް ހުއްޓާލުމަށް ނުވަތަ މިފަދަ މަސައްކަތްތައް ކުރަން ކަނޑައަޅާފައިވާ ސަރަހއްދަށް ބަދަލު ކުރުމަށް އެޗްޑީސީން އަންގާފައި ވެއެވެ.

މައުޟޫޢުތަށް