ވޭޕް ވިޔަފާރި ކުރާ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރު ކޮށްފި
ދަޕްރެސް
15 ޖެނުއަރީ 2026 | ބުރާސްފަތި | 8:26
ފުޅާ ދާއިރާއެއްގައި ވޭޕްގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. ވައިޓްރޯސް / މާލެ، ނުހާމް މުހައްމަދު ޝިޔާން (25އ) އެވެ.
ފުލުހުން ބުނީ، ހުޅުމާލެ ފުލުހުން މިއަދު ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ ނެނޯ ކާޓްރިޖް އާއި ވޭޕް އަދި ޕޮޑްގެ އިތުރުން ފައިސާ ފެނިފައިވާ ކަމަށެވެ.