އެޗްޑީސީގެ "ރޯދަ ބާޒާރު ފެސްޓިވަލް"އިން ސްޓޯލް ކުށްޔަށް ހިފުމުގެ ފުރުސަތު އާދިއްތަ ދުވަހު ހުޅުވާލަނީ
ދަޕްރެސް
16 ޖެނުއަރީ 2026 | ހުކުރު | 9:33
މިއަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން އެޗްޑީސީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ރޯދަ ބާޒާރު ފެސްޓިވަލް"ގައި ސްޓޯލް ކުށްޔަށް ހިފުމުގެ ފުރުސަތު އާދިއްތަ ދުވަހު ހުޅުވާލާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، ރޯދަ މަހާ ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރޯދަ ބާޒާރު ފެސްޓިވަލުން ސްޓޯލް ކުށްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޖެނުއަރީ 18، 2026 ވާ އާދިއްތަ ދުވަހުން ފެށިގެން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.
އެގޮތުން އެ ކޯޕަރޭޝަންގެ ވެބްސައިޓުގައި އާންމުކުރާ ލިންކު މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން "ފަސްޓު ކަމް-ފަސްޓް ސާވް" އުސޫލުން ޝަރުތު ހަމަވާ ފަރާތްތަކަށް ސްޓޯލް ހިންގުމަށް ދޫކުރެވޭނެ ކަމަށް ބުނެފައިވެއެވެ.