ބޭންކިންގް ދާއިރާއިން މީހުން ބިނާކުރަން އޭއައިސީބީއާއެކު ބީއެމްއެލްއިން ސޮއިކޮށްފި

ދަޕްރެސް

16 ޖެނުއަރީ 2026 | ހުކުރު | 11:47

ބޭންކިންގް ދާއިރާއިން މީހުން ބިނާކުރުމަށް އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކަރސް (އޭއައިސީބީ) އާ އެކު ބޭންކް އޮފް މޯލްޑިވްސް އިން ސޮއިކޮށްފިއެވެ.

ރާއްޖޭގެ މާލީ ދާއިރާއަށް ބޭންކިންގް ޕްރޮފެޝަނަލުން ބިނާކުރުމަށް އެހީތެރިވުމަށް އޭއައިސީބީގެ ފަރާތުން ޗީފް އެގްޒެކެޓިވް އެޑްވާޑް ލިންގް ސޮއިކުރެއްވިއިރު ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު، މުހައްމަދު ޝަރީފްއެވެ.

ބީއެމްއެލްއިން ބުނީ މި އެއްބަސްވުމުގެ ބޭނުމަކީ ބޭންކިން ދާއިރާއިން އުނގެނުމުގެ މަގުތައް ފުޅާކުރުމާއި، ޕްރޮފެޝަނަލް މިންގަނޑުތައް ހަރުދަނާކުރުމާއި، މުޅި އޯގަނައިޒޭޝަންގައި މެދުނުކެނޑި ހުނަރު ތަރައްގީކުރުމަށް އެހީތެރިވުންކަމަށެވެ.

މައުޟޫޢުތަށް