ހިތަދޫ ޝީޝާ ކުރިމަތީ އޮތް ޗަސް ބިމުގައި ރޯވި އަލިފާން 3 ގަޑިއިރު ތެރޭ ނިއްވާލައިފި

ދަޕްރެސް

16 ޖެނުއަރީ 2026 | ހުކުރު | 9:31

އައްޑޫ ސިޓީ، ހިތަދޫ ޝީޝާ ކުރިމަތީ ޗަސް ބިން ސަރަހައްދުގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

އެމްއެންޑިއެފް އިން ބުނީ، މި ހާދިސާގެ ރިޕޯޓް މިއަދު ހަވީރު 5:15 ހާއިރު ކަަމށެވެ. މި މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނަށް ލިބުމާއެކު،އެ ސްތޭޝަންގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.

އެގޮތުން ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިރޭ 8:30 ވަނިކޮށް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މައުޟޫޢުތަށް