ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން އީސީ އިން ހުޅުވާލައިފި
ދަޕްރެސް
17 ޖެނުއަރީ 2026 | ހޮނިހިރު | 11:35
އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
އީސީ އިން ބުނީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށާއި، ފޯމު ހުށަހަޅަން ޖެހެނީ އޮންލައިންކޮށް އީސީގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
އީސީ އިން ބުނީ ފޯމު ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު ފަހު 3:30 އަށް ކަމަށާއި، އަދި ހުކުރު ދުވަސް ދުވަހުގެ މެންދުރު ފަހު 3:30 އިން ހަވީރު 6:00 އަށް ކަމަށެވެ. މީގެއިތުރުން ފޯމު ހުށަހެޅުމުން ކެންޑިޑެސީ އާމެދު ނިންމާ ގޮތް ވެސް އަންގާނީ ޕޯޓަލް މެދުވެރިކޮށްކަމަށް އީސީ އިން ވަނީ ބުނެފައެވެ.