ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓުގާޑު ގުޅިގެން ކުރިއަށްގެންދާ "ދޯސްތީ 17" ފަށައިފި
ދަޕްރެސް
17 ޖެނުއަރީ 2026 | ހޮނިހިރު | 5:44
ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް "ދޯސްތީ 17" ފަށައިފިއެވެ.
މިއީ ދިވެހިރާއްޖެއާ އިންޑިއާގެ ކޯސްޓުގާޑުގެ މެދުގައި ރަޙުމަތްތެރިކަމާއި އޮޕަރޭޝަނަލް ކޭޕެބިލިޓީއާ އިންޓާ އޮޕަރެބިލިޓީ ހަރުދަނާ ކުރުމުގެ މަގްސަދުގައި 1991 އިން ފެށިގެން ބާއްވަމުން ގެންދާ ހަރަކާތެކެވެ. އަދި އަވަށްޓެރި ސްރީލަންކާ އިންވެސް ދަނީ 2012 އިން ފެށިގެން މި ތަމުރީނުތަކުގައި ބައިވެރިވަމުންނެވެ.
ދިވެހިރާއްޖެ، އިންޑިއާ އަދި ސްރިލަންކާގެ ކޯސްޓުގާޑު ގުޅިގެން ކުރިއަށްގެންދާ މި އެކްސަސައިޒް ފެށުމުގެ ގޮތުން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން މިނިސްޓާ އޮފް ޑިފެންސް އޮނަރަބަލް މުހައްމަދު ޣައްސާން މައުމޫނު ދެއްކެވި ވާހަކަފުޅުގައި، ދޭދޭ ކޯސްޓުގާޑުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، މަސައްކަތްތައް ވިލަރެސްކުރުމާއި، އެކުގައި މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.