ފައިސާގެ މައްސަލަތަކަކާ ހެދި ޝަހީދު ލެގަސީ "ޓޫ އޮފް އަސް"އާ ދުރަށް
ދަޕްރެސް
17 ޖެނުއަރީ 2026 | ހޮނިހިރު | 9:54
"ޓޫ އޮފް އަސް" އަށް ބޮޑެތި ތުހުމަތުތަކެއް ކުރުމަށްފަހު އެ ބޭންޑުގެ މެންބަރު ރާއްޖޭގެ ފާހަގަކޮށްލެވޭ ގިޓަރިސްޓު، އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެ ބޭންޑުން ވަކިވެއްޖެއެވެ.
އެ ބޭންޑުން ޝަހީދު ވަކިވިކަން ހާމަކޮށް އޭނާ ނެރުނު ބަޔާނެއްގައި ބުނީ އެ ނިންމުން ނިންމާފައި ވަނީ ވަރަށް ދުވަހު އެކަމާ ވިސްނުމަށްފަހު ކަމަށެވެ. އަދި އެއީ ވަރަށް އުނދަގޫ ނިންމުމެއްކަން ފާހަގަކޮށް ޝަހީދު ބުނީ، އެ ބޭންޑުން ވަކިވީ އެ ނޫން އިތުރު ގޮތެއް ނެތުމުން ކަމަށެވެ.
އެގޮތުން، ޝަހީދު ބޭންޑުން ވަކިވާން ނިންމި މައިގަނޑު ސަބަބަކީ ބޭންޑުގެ މާލީ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ނުގެންދިއުމުގެ އިތުރުން އެއްބަސްވެފައިވާ ގޮތަށް އުޖޫރަ ނުދިނުމުގެ ސަބަބުން ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.