އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ދަޕްރެސް
18 ޖެނުއަރީ 2026 | އާދިއްތަ | 9:33
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިއަދު ހެނދުނު 09:00 އިން 17 އެޕްރީލް ވާ ހުކުރު ދުވަހުގެ 23:59 ނިޔަލަށް ކަމަށެވެ. ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 4 މާޗު ވާ ބުދަ ދުވަހުގެ 23:59އެއް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ޕޯޓަލް މެދުވެރިކޮށްކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ހައުސިން މިނިސްޓްރީން ބުނީ އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންކުރާނީ އީ-ފާސް ލޮގިންކަމަށާއި، ސްކީމްތަކަށް އެޕްލައިކުރުމަށްޓަކައި އީ-ފާސް އެކައުންޓަކީ ވެރިފައި ކޮށްފައިވާ އެކައުންޓަކަށް ވާންޖެހޭނެކަމަށެވެ.