ދޯނި ބަންޑުން ޖަހާލުން: ގެއްލުނު އެކަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ދަޕްރެސް

18 ޖެނުއަރީ 2026 | އާދިއްތަ | 11:30

މުދާ އުފުލާ ދޯންނެއް ބަންޑުން ޖަހާލުމުން ގެއްލުނު ދެމީހުންގެ ތެރެއިން އެކަކު ނިޔާވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

މި މީހާ އަކީ މުދާ އުފުލާ ބޯޓެއް ކަމަށްވާ "ބަލްމާ -6" މިއަދު ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔަ ދެމީހުންގެ ތެރޭގައި ހިމެނޭ ދިވެއްސެކެވެ.

ފުލުހުން ބުނީ މި ބޯޓު ކ. ވާދޫ ކައިރިއަށް ބަންޑުން ޖަހާލާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު 7:27 އެހާކަންހާއިރު ކަމަށެވެ. ފުލުހުން ބުނީ މި އުޅަނދުން 4 މީހުން ދަތުރުކުރި ކަމަށާއި އެތަނުން ދެ މީހުން އެސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައި ވާކަމަށެވެ.

މައުޟޫޢުތަށް