ހުމާއި އަރިދަފުސް ރޯގާ ހުންނަ ފަރާތްތަކަށް ހާއްސަ ފްލޫކްލިނިކެއް އައިޖީއެމްއެޗްގައި ހުޅުވައިފި
ދަޕްރެސް
18 ޖެނުއަރީ 2026 | އާދިއްތަ | 12:24
ހުމާއި އަރިދަފުސް ރޯގާ ހުންނަ ފަރާތްތަކަށް ހާއްސަ ފްލޫކްލިނިކެއް އައިޖީއެމްއެޗްގައި ހުޅުވައިފިއެވެ.
އައިޖީއެމްއެޗް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހުމާއި އަރިދަފުސް ރޯގާ ހުންނަ ފަރާތްތަކަށް ހާއްސަ ފްލޫ ކްލިނިކެއް މިހާރު ގާއިމުކުރެވިފައިވާކަމަށާއި، މި ކްލިނިކުގެ ހިދުމަތް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ލިބޭނެ ކަމަށެވެ.
އައިޖީއެމްއެޗް އިން ބުނީ މި ފްލޫ ކްލިނިކު ގާއިމުކޮށްފައިވަނީ އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10ގައި ކަމަށެވެ. ފްލޫ ކްލިނިކަށް އަންން ހުރިހާ ފަރާތްތަކުންވެސް ފުރަތަމަ އީއާރް ޓްރައިޖަށްގޮސް ކިއުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެގުމަށް އައިޖީއެމްއެޗް އިން ވަނީ އިރުޝާދު ދީފައެވެ.