ފްލެޓާއި ގޯތި މި ދައުރުގައި ނިންމާ ހަވާލުކުރާނަން: މިނިސްޓަރު މުއްތަލިބް

ދަޕްރެސް

18 ޖެނުއަރީ 2026 | އާދިއްތަ | 12:35

މި ދައުރުގެ ތެރޭގައި ގޯތިތައް ދީ، ރަޖިސްޓްރީ ހަދައިދީ، ގޯތި ހަވާލުކޮށް ނިންމަވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

މުއްތަލިބު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މުއްތަލިބު ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ވަދެވޭ ވަރަށް ޕްރޮޖެކްޓު ނިންމާ ސަރުކާރަކަށް މި ސަރުކާރު ވާނެކަމަށާއި މިއީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ވެފައި އޮތް ކަމެއް ނޫން ކަމަށެވެ.

މައުޟޫޢުތަށް