ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް 779 ޝަކުވާ ހުށަހަޅާފައިވޭ: އީސީ

ދަޕްރެސް

18 ޖެނުއަރީ 2026 | އާދިއްތަ | 4:55

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު 2026 ގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް 779 ޝަކުވާ ހުށަހަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އެ ލިސްޓު އާންމުކުރުމަށް ފަހު އީސީން ވަނީ ޝަކުވާ ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އެގޮތުން މިއަދުގެ މެންދުރު ފަހު 3:00 އާ ހަމައަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑި ވަނީ ހަމަވެފައެވެ.

އީސީން ބުނީ، ޝަކުވާ ހުށަހެޅުމުގެ ސުންގަޑި ހަމަވި އިރު ޖުމްލަ 779 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. ޝަކުވާ ހުށަހެޅި ސަބަބުތަކަށް ބަލާއިރު، އެ ޑްރެސް ބަދަލުވެފައި ވުމާއި، ރަށްވެހިކަން ބަދަލުވެފައި ވުމާއި ނިޔާވެފައި ވާތީ ރަޖިސްޓްރީން ނަން އުނިކުރުން ހިމެނެއެވެ

މައުޟޫޢުތަށް