ވޯލްޑްކަޕްގެ ފައިނަލް މެޗް ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

ދަޕްރެސް

18 ޖެނުއަރީ 2026 | އާދިއްތަ | 8:25

ފީފާ ވޯލްޑްކަޕް 2026 ގެ ފައިނަލް މެޗް ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ވިސާ އާއި ގުޅިގެން ބީއެމްއެލް އިން ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ، މި ޕްރޮމޯޝަންގައި ހަމައެކަނި ބައިވެރިވެވޭނީ ބީއެމްއެލް ވިސާ ކާޑު ކަސްޓަމަރުންނަށް ކަމަށެވެ. މިއަދުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 15 އާ ހަމައަށް މި ޕްރޮމޯޝަން ކުރިއަށް ގެންދާ އިރު، މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބީއެމްއެލް މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކަސްޓަމަރުން ރަޖިސްޓާ ވާން ޖެހޭ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ޕްރޮމޯޝަނުގެ މުއްދަތުގައި، ޕްރޮމޯޝަނުގައި ބީއެމްއެލްގެ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) ޓާމިނަލްތަކުން، ސްޓެޓިކް ކިއުއާރު ނުވަތަ ބީއެމްއެލް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް މަހެއްގެ މައްޗަށް 15،000 ރުފިޔާ ބީއެމްއެލް ވިސާ ކްރެޑިޓް ނުވަތަ ޑެބިޓް ކާޑު (ޕާސަނަލް ކާޑުތައް) މެދުވެރިކޮށް ހޭދަކުރުމުން ގުރުއަތުގައި ބައިވެރިވެވޭނެ ކަމށް އެ ބޭންކުން ބުނެއެވެ. ޕްރޮމޯޝަނުގައި ބައިވެރިވުމަށް ޝަރުތު ހަމަވާ އަދަދުގެ އިތުރުން، ކަސްޓަމަރުން 15،000 ރުފިޔާއަށް ވުރެ އިތުރަށް ހޭދަކުރާ ކޮންމެ ފަހަރަކު ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެގެން ދާނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

މައުޟޫޢުތަށް