ފްލެޓާއި ގޯއްޗަށް އެދި، 24 ގަޑީރުތެރޭ 500 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި

ދަޕްރެސް

19 ޖެނުއަރީ 2026 | ހޯމަ | 10:44

ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅަން ހުޅުވާލިތާ 24 ގަޑީރު ތެރޭ 500 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އިއްޔެ ހެނދުނު އެވެ.

އެގޮތުން ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް އިއްޔެ ހެނދުނު 09:00 އިން 17 އެޕްރީލް ވާ ހުކުރު ދުވަހުގެ 23:59 ނިޔަލަށް ހުޅުވާލާފައިވާއިރު ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 4 މާޗު ވާ ބުދަ ދުވަހުގެ 23:59 ނިޔަލަށެވެ.

މައުޟޫޢުތަށް